އެޕާޓްލީސްގެ އުސޫލްތައް

1. ފެށުން

މިވެބްސައިޓް ގައި އިންވެސްޓް ކޮށްގެން ލީސްއަށް ނެގޭ އިމާރާތް ކުރެވިފައިވާ އިމާރާތަކީ ލީސްކުރާފަރާތުން މަހުކުއްޔަށް ދީގެން އާމްދަނީ ހޯދަމުންދާ ޕްރޮޕަރޓީ އަކަށް ވީހިނދު، ތިންވަނަ ފަރާތަކަށް ސަބްލީސްކުރުމާއި މަހުކުއްޔަށް ދިނުމުގެ އިހްތިޔާރު ލިބިގައިވާކަމަށާއި، ތިރީގައި ބަޔާންކޮއްފައިވާ އެންމެހާ ކަންތައްތައް ލީސްކުރާފަރާތުން ލީސްއަށް ނަގާފަރާތަށް ޔަޤީން ކޮށްދެއެވެ. ގޯއްޗާއި އަދި އިމާރާތާއި ގުޅިފައިވާ އަދި ގުޅުންހުރި އެއްވެސް މުޢާމަލާތެއް، މައްސަލައެއް، ދިވެހިރާއްޖޭގެ އެއްވެސް ފަނޑިޔާރުގެއެއްގެ، ނުވަތަ ޝަރުއީ މަޖިލިސްއެއްގައި ނުވަތަ ސަރުކާރުގެ އިދާރާއެއްގައި ނެތްކަން؛ ލީސްކުރާފަރާތުގެ ނުވަތަ ގޭގެވެރިފަރާތުގެ ދަރިޔަކަށް، ނުވަތަ އާއިލާ މީހަކަށް، ނުވަތަ ލީސްކުރާފަރާތަށް ނޫނީ ގޭގެވެރިފަރާތް ނަމަވެސް ނިޔާވެއްޖެނަމަ މިއިން އެއްވެސްފަރާތެއްގެ ވާރިސުންގެ ގޮތުގައި ތިބޭނެ ބަޔަކަށް ނުވަތަ ގޯއްޗާއި އިމާރާތް ލިބިދާނެ ކަމަށް ފެންނަ ފަރާތަކަށް ހިބަޔަކުން، ނުވަތަ ވަސިއްޔަތަކުން، ނުވަތަ މިނޫންވެސް ގޮތަކަށް އެ ގޯއްޗަށާއި އިމާރާތަށް ފަހުން ބާރު ފޯރުވިދާނެ ފަރާތަކަށް، ދީފައި ނުވާކަން؛ ގޯތީ އަދި އިމާރާތް އެއްވެސް ފަރާތަކަށް ރަހުނުކޮށް ނުވަތަ ސެކުރިޓީއެއްގެ ގޮތުގައި، ނުވަތަ އެގޯތި ނުވަތަ އިމާރާތް މުޤާބިލުގައި ބަހައްޓައި ކުރެވިފައިވާ އެއްވެސް މުޢާމަލާތެއް މިހާރު ނެތްކަން؛ ލީސްކުރާފަރާތުން މިހާރު މަހުކުއްޔަށްދީފައިވާ ފަރާތްފިޔަވާ އިތުރު އެހެން ފަރާތަކަށް މަހުކުއްޔަށްދިނުންފިޔަވާ، ކުއްޔަށްދޭ ތަން ލީސްކުރުމަށް، ވިއްކަން ނުވަތަ ދޭން، ނުވަތަ މަހުކުއްޔަށް ނޫންގޮތަކަށް ބޭނުންކުރަން ދީފައިނުވާނެކަން، އަދި ކުއްޔަށްދީފައިވާ މުއްދަތުގައި މަހުކުއްޔަށް ނޫންގޮތަކަށް ނުދޭނެކަން؛ މިއެއްބަސްވުމުގެ މުއްދަތުގައި ވެރިވާ ފަރާތެއް ނިޔާވެއްޖެނަމަ، ވެރިފަރާތުގެ ވާރިސުން މިއެއްބަސްވުން ދަމަހައްޓާނެ ކަމަށާއި ވެރިފަރާތުގެ ތަރިކަ ފަނޑިޔާރުގެއަކަށް، ނުވަތަ ޝަރުޢީ މަޖިލީހަކަށް ނުވަތަ މައްސަލަ ބަލާ މިނިވަން އިދާރާއަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކަށް ހުށަހެޅިއްޖެނަމަ، މިގޯތި ތަރިކައިގެ ތެރޭގައި ހިމަނައި މިއެއްބަސްވުމުގެ ދަށުން ކުރާ މުޢާމަލާތަށް އުނިކަމެއް އަންނާނެގޮތަށް އަމަލުނުކުރާނެކަން؛ އަދި ލީސްކުރާފަރާތާއި ވެރިފަރާތުގެ ވާރިސުން މިމާއްދާގެ 2.6 ގައި ބަޔާކޮށްފައިވާ ގޮތަށް އެއްބަސްވާކަން.

2. ލީސްކުރެވޭ މުއްދަތު

މި އެއްބަސްވުމުގެ ދަށުން ލީސްކުރާތަން ލީސްކުރާ މުއްދަތަކީ އާމްދަނީ ލިބޭ 24 ( ސައްވީސް) މަސްދުވަސްކަމަށް ދެފަރާތުން އެއްބަސްވެއެވެ. ލީސްގެ މުއްދަތު ގުނަންފަށާނީ ލީސްއަށް ނެގުމަށް ފައިސާ ދައްކާ ދުވަހުގެ ފެށިގެން 24 މަސްދުވަހެވެ. 24 މަސްދުވަސް ކަމަށްބަލަނީ ކޮންމެ މަހަކީ 30 ދުވަސް ކަމަށްބަލައިގެން އިންވެސްޓް ކުރާ މުއްދަތުން ފެށިގެން 720 ދުވަހެވެ. ލީސްކުރެވޭ މުއްދަތު ހަމަވުމުން ލީސްކުރި ތަނުން ލިބެމުންދާ އާމްދަނީއެއް ނުލިބޭނެއެވެ. އަދި އަލުން އިންވެސްޓް ނުކޮށް 15 ދުވަސް ވެއްޖެ ނަމަ އިންއެކްޓިވް އެކައުންޓެއް ކަމަށް ބަލާ އެކައުންޓް ޑިލީޓް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލީސްކުރާ ފަރާތަށް ލިބިގެންވެއެވެ.

3. ލީސްއަށް ފައިސާ ދެއްކުން

ލީސްކުރެވޭ ތަނުން ލީސްއެއް ގަތުމަށް ވެބްސައިޓުން ފެންނަން ހުންނަ ލީސްއެއް އިހްތިޔާރު ކުރުމަށްފަހު ލީސް ކުރުމަށް ރަޖިސްޓްރީވުމުން ނުވަތަ ކުރިން ރަޖިސްޓްރީ ވެފައިވާނަމަ ލޮގިން ވުމަށްފަހު އިންވެސްޓް ކުރުމަށް ހިޔާރުކުރާ ލީސްއެއް ނެގުމުން ، ލީސްކުރެވޭނޭ ޕްރޮޕަޓީއެއް މާކެޓްގައި ހުރިނަމަ ފައިސާދެއްކުމަށް ރިކުއެސްޓެއް ލިބޭނެއެވެ. ފައިސާ ދެއްކުމަށް ވެބްސައިޓުން ފެންނަ އެކައުންޓަށް އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސިލިޕް އެޓޭޗް ކުރުމުން ފައިސާ ދެއްކިކަން ލީސްކުރާ ފަރާތުން ކަށަވަރު ކުރާނެއެވެ. ފައިސާ ދައްކާތާ ގިނަވެގެން 48 ގަޑި އިރު ތެރޭގައި ލީސް އެކްޓިވޭޓް ކުރެވޭނެއެވެ. އެހާ ހިސާބުން ލީސްގެ މުއްދަތު ގުނަންފެށުނީއެވެ. އޮންލައިންކޮށް ނޫން އެހެން ގޮތަކަށް ފައިސާ ދެއްކުމަށް ބޭނުންނަމަ، ލީސްކުރާފަރާތުގެ ފޯނުނަމްބަރ 7635900 އަށް ގުޅުމަށް ފަހު އެހެން އުޞޫލަކުން ފައިސާ ދެއްކުމަށް ހަމަޖެއްސުމުގެ އިހްތިޔާރު ލީސްއަށް ނަގާފަރާތަށް ލިބިގެންވެއެވެ.

4. ލީސްކުރެވޭ ތަނުން ލިބޭ އާމްދަނީ

ލީސްކޮށްފައިވާ ތަނުން ލިބޭ އާމްދަނީ ބިނާވަނީ ލީސްކުރާފަރާތުން އިންވެސްޓްކުރަމުން ގެންދާ ނިސްބަތަކުން ލީސްކުރެވޭތަނުން ލިބޭ އާމްދަނީގެ މައްޗަށެވެ. މިގޮތުން ލިބޭ އާމްދަނީއަކީ ލީސްއަށްނަގާފަރާތުން ވެބްސައިޓްގައިވާ ލީސްގެ ތެރެއިން ހިޔާރުކުރާ ލީސްއަކުން ، ލީސްއަށް ނަގާފަރާތުގެ ޑޭޝްބޯޑުން ފެންނަން ހުންނަ އާމްދަނީއެވެ. ލީސްއަށް ނަގާފަރާތުން ލީސްއަށްނެގުމަށް އިންވެސްޓް ކުރުމަށްފަހު، ޑޭޝްބޯޑުންފެންނަ ލިބޭނެ އާމްދަނީގެ ނިސްބަތް، ހިޔާރުކުރި ލީސްގެ މުއްދަތު ނުނިމެނީސް، ލިބޭނެ އާމްދަނީގެ ނިސްބަތް ދަށެއްނުވާނެއެވެ. އާމްދަނީ ލިބޭ ނިސްބަތް ކަނޑައަޅަނީ އިންވެސްޓް ކޮށްފައި ހުންނަ ޖުމްލަ ފައިސާގެ މައްޗަށް ބިނާކޮށް ވެބްސައިޓްގައިވާ އުޞޫލުންނެވެ. ލީސްކުރާ ތަނުން ލިބޭ އާމްދަނީ އަކީ މަހުކުލީގެ ގޮތުގައި އެއްބަސްވެވިފައިވާ ފިކްސްޑް އަދެދެއް ކަމުން ލީސްއަށް ނަގާފަރާތަށް ލިބޭ އާމްދަނީ އަކީވެސް މަހުންމަހަށް ފިކްސްޑްކޮށް ލިބޭ އާމްދަނީއެކެވެ.

5. ފައިސާ ނެގުން

ލީސްކޮށްފައިވާ ފަރާތަށް ކުލީގެ ގޮތުގައި މަހުންމަހށް ލިބެމުންދާ އާމްދަނީ ލީސްއަށް ނަގާފަރާތުގެ ޑޭޝްބޯޑުން ފެންނަން ހުންނާނެއެވެ. މަހުންމަށް ލިބޭ އާމްދަނީ 1000.00 ( އެއްހާސް) ރުފިޔާ އަަށްވުރެ މަތިވެއްޖެ ނަމަ ލީސްއަށްނަގާފަރާތުން ބޭނުންވެއްޖެ ހިނދެއްގައި ފައިސާ ނެގުމަށް ރިކުއެސްޓް ކުރެވިދާނެއެވެ. ފައިސާނެގުމަށް ލީސްއަށް ނަގާފަރާތުން ރިކުއެސްޓް ކުރާތާ 72 ( ހަތްދިހަ ދޭއް) ގަޑި އިރު ތެރޭގައި ލީސްއަށް ނަގާފަރާތުން ދީފައިވާ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ. ފައިސާނެގުމަށް ރިކުއެސްޓް ކުރުމަށްފަހު ، ލީސްއަށް ނަގާފަރާތަށް ފައިސާ ޖަމާކުރުމުގެ ކުރިން ފައިސާނެގުމަށް ކޮށްފައިވާ ރިކުއެސްޓް ކެންސަލް ކުރެވިދާނެއެވެ.

6. އަލުން އިންވެސްޓް ކުރުން

މަހުންމަށް ލިބޭ އާމްދަނީ 1000.00 ( އެއްހާސް) ރުފިޔާ އަަށްވުރެ މަތިވެއްޖެ ނަމަ ލީސްއަށްނަގާފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އަލުން އިންވެސްޓް ކުރުމަށް ރިކުއެސްޓް ކުރެވިދާނެއެވެ. ސަބްލީސްކުރެވޭނޭ ޕްރޮޕަރޓީއެއް މާކެޓްގައި ހުރި ހިނދެއްގައި ރީއިންވެސްޓް ކުރުމަށް ކުރެވޭ ރިކުއެސްޓް އެޕްރޫވް ކުރެވޭނެއެވެ. މިގޮތަށް އެޕްރޫވް ކުރުމުން ރީއިންވެސްޓް ކުރެވޭ އަދަދު ޖުމްލަ އިންވެސްޓްގެ ތެރެއަށް އިތުރުވެގެންދާނެއެވެ. އަދި މިއެންމެހާ މުއާމަލާތެއް ލީސްއަށް ނަގާފަރާތުގެ ޑޭޝްބޯޑުން ފެންނަންހުންނާނެެއެވެ. ރީ އިންވެސްޓް ކުރުމަށްފަހު އެފައިސާ އަކީ އަލުން އަނބުރާ ނެގޭނޭ ފައިސާއެއްނޫނެވެ. އެހެންނަމަވެސް އެފައިސާއިން ލިބެމުންދާ އާމްދަނީ އަކީ ނެގޭނެ ފައިސާއެކެވެ.

7. އޮންލައިން އެކައުންޓް ބޭނުންކުރުން

ލީސްކުރާ ފަރާތް ނޫން އެހެން ފަރާތަކުން ނުވަތަ ފަރާތްތަކުން ލީސްއަށް ނަގާފަރާތުގެ އޮންލައިން އެކައުންޓް ބޭނުންކުރުމާއި އެފަރާތުގެ ނަމުގައި އިންވެސްޓް ކުރުމަކީ ލީސްއަށްނަގާފަރާތުގެ ޒިންމާގައިވާކަންކަމެވެ. އެހެން ފަރާތަކުން އެކައުންޓް ބޭނުންކުރުން ފަދަ ކަމެއް ހިނގައިފި ނަމަ ވަގުތުން ވަގުތަށް އެމައުލޫމާތު ލީސްކުރާފަރާތަށް ރިޕޯޓް ކުރަންވާނެއެވެ. މިގޮތުން ރިޕޯޓް ކުރާނީ އީމެއިލުން ނަމަ [email protected] މޮބައިލް ނަމްބަރ : 7635900

8. ޕާސްވޯޑާއި އެހެނިހެން ސިއްރު ހިފެހެއްޓުން

ޕާސްވޯޑަކީ އެހެންފަރާތަކަށް ރައްދުނުކުރެވޭ ގޮތަށް ލީސްއަށް ނަގާފަރާތު ގެ މޮބައިލް އަށް އެސްއެމްއެސް ގެ ޒަރީޢާއިން ފޮނުވޭ ޕާސްވޯޑެކެވެ. ޕާސްވޯޑް ހަނދާނެތި ނުވަތަ ލިބިފައިވާ ޕާސްވޯޑް ގެއްލިއްޖެ ނަމަވެސް ރީސެޓް ކުރުމުން ޕާސްވޯޑް ލިބޭނީ ލީސްއަށް ނަގާފަރާތުގެ މޮބައިލް އަށް ނުވަތަ އީމެއިލްގެ ޒަރީއާއިން ރަޖިސްޓްރީ ވެފައިވާ އީމެއިލަކަށެވެ.

9. ޓެކްސް ދެއްކުން

ލިބޭ އާމްދަނީން ޓެކްސްއެއް ދެއްކުމަށް ސަރުކާރުން ކަނޑައަޅައިފި ހިނދެއްގައި އެ ޓެކްސަކަށް ޒިންމާވާނެ ފަރާތަކީ ލީސްއަށް ނަގާފަތެކެވެ. އެޕާޓްލީސުން ލިބޭ އާމްދަނީ އަކީ ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އެއްކަން ލީސްކުރާފަރާތުން ކަށަވަރު ކޮށްދެއެވެ.

10. ޓާމްސް އެންޑް ކޮންޑިޝަން ބަދަލުވުން

މި ޓާމްސް އެންޑް ކޮންޑިޝަން ބަދަލުވި ނަމަވެސް އިންވެސްޓް ކޮށްފައިވާ ފައިސާ އަށާއި އެފައިސާއިން ލިބެންޖެހޭ ނަފާއަކަށް ބަދަލެއް ނާންނާނެެއެވެ. އަލުން އިންވެސް ކުރުމުގެ ކުރިން ޓާމްސް އެންޑް ކޮންޑިޝަން އަށް އަންނަ އެންމެހާ ބަދަލުތަށް އަޕްޑޭޓް ކޮށް ބެލުމަކީ ލީސްއަށް ނަގާފަރާތުގެ ޒިންމާއެކެވެ.

11. މައްސަލަ ހައްލުކުރުމާއި ޒިންމާވުން

ސައިޓް ޑައުން ވުން ފަދަ ކަމެއް މެދުވެރިވި ނަމަވެސް އިންވެސްޓަރުންގެ މައުލޫމާތާއި ލިބެންޖެހޭ ފައިސާގެ ރިކޯޑް ލީސްކުރާފަތުގެ ބެލެހެއްޓުމުގެ ދަށުގައި ހުންނާނެއެވެ. މިއެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލުކުރާނީ، ލީސްކުރާފަރާތާއި، ލީސްއައްނަގާ ފާފަރާތާއި ވާހަކަ ދައްކައިގެންނެވެ. އެއްބަސްވުމާއި އެއްގޮތަށް ޢަމަލުނުކުރެވުމުގެ ސަބަބުން އުފެދޭ މައްސަލައެއް ހައްލުނުކުރެވިއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ނުވަތަ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ހައްލު ކުރުމުގެ އިޚްތިޔާރު އެއްބަސްވުމުގައި ބައިވެރިވާ ދެފަރާތަށް ލިބިގެންވެއެވެ.

12. އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުން

މިއެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި ވެވޭ ވަރަށް މުހިއްމު އެއްބަސްވުމަކަށް ވާތީ، މިއެއްބަސްވުމުގެ މަޤުޞަދު ޙާސިލް ކުރުމަށްޓަކައި ދެފަރާތުންމެ މިއެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. ލީސްކުރާފަރާތް މިއެއްބަސްވުމާ ޚިލާފަށް އަމަލުކޮށްފިނަމަ، އެކަމެއް ލީސްއަށްނަގާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިގޮތުން އަންގާ ލިޔުން ލިބޭ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެޚިލާފުވުމެއް ރަނގަޅުކުރަންވާނެއެވެ. ލީސްކުރާފަރާތުން މިއެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމަކަށް ލީސްކުރާފަރާތް ޒިންމާވާންވާނެއެވެ. ލީސްއަށްނަގާފަރާތުން މިއެއްބަސްވުމާ ހިލާފަށް އަމަލުކޮށްފިނަމަ، އެކަމެއް ލީސްކުރާފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިގޮތުން އަންގާ ލިޔުން ލިބޭ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެޚިލާފުވުމެއް ރަނގަޅުކުރަންވާނެއެވެ. ލީސްއަށްނަގާފަރާތުން މިއެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމަކަށް ލީސްއަށްނަގާފަރާތުން ޒިންމާވާން ވާނެއެވެ. 13. އެއްބަސްވުން ބާތިލުކުރުން 14. 8.1. މިއެއްބަސްވުމުގައި ބަޔާންކޮށްފައިވަ މުއްދަތަށް މިއެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ މިއެއްބަސްވުމުގައި ބައިވެރިވާ ތިންފަރާތުގެ ޒިންމާއެކެވެ.

މިއެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ލީސްއަށްނަގާފަރާތުން އެއްފަހަރާ 24 މަސްދުވަހުގެ ކުލި ދައްކާފައިވާހިނދަކު، މިއެއްބަސްވުން ބާތިލް ކުރުމުގެ އިޚްތިޔާރު ލީސްކުރާފަރާތަކަށް ލިބިގެން ނުވެއެވެ.

15. އެއްބަސްވުމުން ބައެއްގެ ޞައްޙަކަން ގެއްލުން

މިއެއްބަސްވުމުގައި ހިމެނޭ އެއްވެސް މާއްދާއެއް އެއީ އެއްވެސް ވަގުތެއްގައި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ޣައިރު ޤާނޫނީ، ޞައްހަނޫން ނުވަތަ ޢަމަލުނުކުރެވޭނެ މާއްދާއެއްނަމަ ނުވަތަ އެފަދަ މާއްދާއަކަށް ވެއްޖެ ހިނދެއްގައި، މިއެއްބަސްވުމުގެ ބަކީހުރި މާއްދަތަކުގެ ޤާނޫނީ ހަޢިޞިއްޔަތު، ޞައްޙަކަން ނުވަތަ ޢަމަލުކުރުން ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން އެފަދަ މާއްދާތަކުގެ ޤާނޫނީ ޙައިޘިއްޔަތާއި، ޞައްޙަކަމާއި އަމަލުކުރުމަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

16. ލުއިދިނުން

މިއެއްބަސްވުމުގައި ބައިވެރިވާ ދެފަރާތުން ކުރެ ފަރާތަކުން މިއެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަމެއް ނުވަތަ ޝަރުތެއް އެއްވެސް ޙާލަތެއްގައި ނުކޮއް ދޫކޮއްލުމަކީ ނުވަތަ ތަންފީޛު ނުކުރުމަކީ ނުވަތަ އެއްވެސް ވަގުތެއްގައި މިއެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮއްފައިވާ ކަމެއް ފުރިހަމަ ކުރުމަށް އަނެއްފަރާތުގެ މައްޗަށް ލާޒިމުނުކުރުމަކީ، މިއެއްބަސްވުމުގެ ދަށުން ލިބިފައިވާ ޙައްޤުތައް ދޫކޮއްލުން ކަމުގައި ނުބެލެވޭނެއެވެ.

17. އެއްބަސްވުމަށް ބަދަލުގެނައުން

މިއެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެވޭނީ ދެފަރާތުން އެއްބަސްވާ ގޮތަކަށް ލިޔެވި އޭގައި ދެފަރާތުން ސޮއިކުރުމުންނެވެ.

18. ނޯޓިސް ދިނުން

މިއެއްބަސްވުމުގެ ދަށުން ލީސްކުރާފަރާތް ފޮނުވާ ލިޔުންތަށް ފޮނުވަންވާނީ ލީސްކުރާ ފަރާތުގެ ތިރީގައިވާ އީމެއިލަށެވެ

އީމެއިލް އެޑްރެސް: [email protected] މިއެއްބަސްވުމުގެ ދަށުން ލީސްއަށް ނަގާ ފަރާތަށް ފޮނުވާ ލިޔުންތައް ފޮނުވަންވަނީ ލީސްއަށް ނަގާފާރާތުން ލޮގިން ހެދުމަށް ބޭނުންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.

19. އެއްބަސްވުމުގެ ބައިވެރިއަކު އިފްލާޞްކުރުން ނުވަތަ ނިޔާވުން

20. މިއެއްބަސްވުމަށް އަމަލުކޮށް ފުރިހަމަ ވުމުގެ ކުރިން މިއެއްބަސްވުމުގެ އެއްވެސް ބައިވެރިއަކު، އިފްލާޞްކުރި ކަމުގައި ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކު ނިޔާވި ކަމުގައި ވީނަމަވެސް މިއެއްބަސްވުމުގެ ދަށުން އެއްބަސްވެވުނު އިލްތިޒާމްތައް ފުރިހަމަ ކުރުމަށްޓަކައި މިއެއްބަސްވުން ދެމިއޮންނެއެވެ.

21. އެއްބަސްވުން ހިންގާނެގޮތް

މިއެއްބަސްވުން ހިންގާނީ އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނު ތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

22. މިއެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސޮއި

22.1. މި އެއްބަސްވުމަކީ ލީސްއަށްނަގާ ފަރާތާއި ލީސްކުރާ ފަރާތާއި ދެމެދު ވއެއްބަސްވެވޭ "ޓާމްސް އެންޑް ކޮންޑިޝަން" ތަކެވެ. ލީސްކުރާފަރާތުން މި އެއްބަސްވުމުގައިވާ ޓާމްސް އެންޑް ކޮންޑިޝަންތައް ވަނީ ސައިޓް ބޭނުންކުރާ ފަރާތަށް ހުޅުވާލެވިފައެވެ. ސައިޓްގައި ރަޖިސްޓްރީ ވުމުން ބެލެވޭނީ މި ޓާމްސް އެންޑް ކޮންޑިޝަން އަށް އެއްބަސްވެވުނީ ކަމަށެވެ.

23.މާނަކުރުން

ވެބްސައިޓާއި ޓާމްސް އެންޑް ކޮންޑިޝަންގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު؛ 23.1. " ލީސްކުރާފަރާތް " ކަމަށް ބުނެވިފައިއެވަނީ، އެޕާޓްލީސް ޕްރައިވެޓް ލިމިޓެޑް / " އެޕާޓްލީސް" ( ރަޖިސްޓްރީ ނަމްބަރ C10072019 ) އަށެވެ.

"ލީސްއަށް ނަގާފަރާތް " ކަމަށް ބުނެފައިއެވަނީ، އެޕާޓްލީސްގެ ވެބްސައިޓް www.apartlease.com މެދުވެރިކޮށް މި ޓާމްސް އެންޑް ކޮންޑިޝަންއަށް އެއްބަސްވާ ފަރާތަށެވެ. ވެބްސައިޓް ކަމަށް ބުނެފައިވަނީ www.apartlease.com އަށެވެ. ޑޭޝްބޯޑް ކަމަށް ބުނެފައިވަނީ ލީސްއަށް ނަގާފަރާތުން www.apartlease.com ގައި ލޮގިންވުމުން ފެންނަ ޑޭޝްބޯޑަށެވެ. "ވެރިފަރާތް " ކަމަށް ބުނެފައިވަނީ އެޕާޓްލީސުން ލީސްކޮށް ނަގައިފައިވާ ޕްރޮޕަޓީގެ ވެރިފަރާތެވެ. " ލީސްކުރާތަން " ކަމަށް ބުނެފައިއެވަނީ، އެޕާޓްލީސުން ދިގުމުއްދަތަށް ކުއްޔަށް ނަގާފައިވާ ޕްރޮޕަރޓީ އަށެވެ. " ބައިވެރިން " ނުވަތަ " ދެފަރާތް " ކަމަށް ބުނެފައިއެވަނީ ލިސްކުރާފަރާތާއި ލީސްނަގަފާފަރާތް، މި ދެފަރާތް ހިމެނޭގޮތަށެވެ. "ފިންޓެކް" ޓެކްނޮލޮޖީގެ ޒަރީއާއިން ފައިސާގެ މުޢާމަލާތެއް ހިންގޭގޮތަށް ފަރުމާކުރެވިފައިވާ ވިއުގަ އަށެވެ. "ފައިނޭންސަލް މާކެޓް" ފައިސާގެ މުޢާމަލާތް ހިންގޭ ބާޒާރު "މަނީ މާކެޓް"

އެޕާޓްލީސް ޕްރައިވެޓް ލިމިޓެޑް މ. އިހާލި – 3 ވަނަ ފަންގިފިލާ މަޖީދީ މަގު