ނިމިގެން ދިޔަ ޤަރުނުގައި އަހަރެމެން ޤަބޫލު ކުރަނީ ފަހަށް ފައިސާ ރައްކާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އެހެން ނަމަވެސް މިއަދު އަހަރެމެންނަށް އެނގެނީ ފަހަށް ފައިސާ ރައްކާކުރުމަކީ އޭގެން އެއްވެސް މަންފާއެއް ނުކުރާ އަދި ގެއްލުން އިންތިހާއަށް ބޮޑު ކަމެއްކަމުގައެވެ. އެހެނީ ފައިސާގެ އަގު އަބަދުވެސް ދާނީ ދަށަށެވެ. މިއަދު އަހަރެމެން އެއްލައްކަ ރުފިޔާ ރައްކާކުރި ނަމަވެސް މިއަދު އެއްލައްކަ ރުފިޔާއިން ފުއްދާލެވޭ ކަންކަން ނުވަތަ ގަނެވޭ ތަކެތި މީގެ އަހަރެއްހާ ދުވަސްފަހުން ނުގަނެވޭކަން އަހަރެމެންނަށް ވަރަށް ސާފުކޮށް އެނގެއެވެ.
އެހެންކަމުން އަބަދުވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ފަހަށް ފައިސާ ރައްކާކުރުމުގެ ބަދަލުގައި އިންވެސްޓްކޮށްގެން ފައިސާ އިތުރު ކުރެވޭނޭ މަގެއްހޯދުމެވެ. ފައިސާ ރައްކާކުރުމަކީ ބޯދާގޮތެއްކަމުން މިއަދުގެ ގިނަބޭންކުތަކުންވެސް ފައިސާ ރައްކާކުރުމުގެ ބަދަލުގައި އިންވެސްޓްމަންޓަށް ހުޅުވާލެވިފައިވެއެވެ.
އެޕާޓްލީސްއަކީ މިގޮތުން އިންވެސްޓްކުރުމަށް އޮތް ވަރަށް އެކަށީގެންވާ މާކެޓެކެވެ. ބޭންކެއްގައި ފައިސާ ރައްކާކޮށްގެން އޭގެން ނަފާއެއް ނުލި އަގުދައްވުމުން ލިބޭގެއްލުން ކުޑަކުރުމަށް އެޕާޓްލީސްގެ މާކެޓްގައި ކުދިކޮށް އިންވެސްޓްކުރެވޭނޭ މަގުވަނީ ފަހި ކުރެވިފައެވެ.