ބެނެފިޝަރީ އޯނަރޝިޕާއި ލީގަލް އޯނަރޝިޕް

އެޕާޓްމަންޓެއް ލީސްކޮށްފައި ( ދިގުމުއްދަތަށް ) ކުއްޔަށް ދީފައި ފައިސާ ނެގޭ ގޮތްތަކަކީ:

  1. ބެނެފިޝަރީ އޯނަރޝިޕް ގެ ދަށުން ދިގުމުއްދަތަކަށް ކުއްޔަށް ދިނުން 

ބެނެފިޝަރީ އޯނަރޝިޕެއްގެ ދަށުން ލީސްކުރުމުން، ލީސްއަށް ނަގާފަރާތަށް ވިއްކާ ލެވެނީ މުދަލުން މަންފާ ކުރާނެ  މުއްދަތެވެ.  ލީސްކުރެވޭ މުދަލުން އެވަގުތަކު މާކެޓަކު ލިބެމުންދާ އާމްދަނީގެ މައްޗަށް ބިނާކޮށް ، ކަނޑައެޅޭ އާމްދަނީ ހޯދުމަށް މުދަލުގެ މަންފާމުއްދަތު ( ބެނެފިޝަރީ އޯނަރޝިޕް) ލީސްއަށް ނަގާފަރާތަށް ދެވެނީ އެކަނޑައަޅާ އާމްދަނީއެއް ލިބެންދެން އެމުދަލެއްގެ މަންފާމުއްދަތު ލީސް އަށް ނަގާފަރާތުން ބޭނުންކުރުމަށެވެ.

  1. ލީގަލް އޯނަޝިޕެއްގެ ދަށުން ދިގުމުއްދަތަށް ކުއްޔަށް ދިނުން

ލީގަލް އޯނަރޝިޕެއްގެ ދަށުން ލީސްކުރުމުން، ލީސްކުރެވޭ މުދަލުން އާމްދަނީ ހޯދުމަށް ލީސްއަށް ނަގާފަރާތަށް މުދާ ހަވާލު ކުރެވެނީ  ވަކި މުއްދަތެއް ވަންދެން ލީސްކުރެވޭ މުދަލުން ނަފާހޯދުމަށެވެ. މިގޮތަށް މުދާ ލީސްކުރެވޭއިރު އެމުއްދަތުގެ ތެރޭގައި ލިބުނު ކޮންމެ މިންވަރަކީ ލީސްއަށް ނަގާފަރާތުގެ އާމްދަނީއެވެ. އެމުދަލަކުން އާމްދަނީ ނުލިބޭ ދުވަސްތަކެއް ދިޔަނަމަވެސް އާމްދަނީ ހޯދުމަށްޓަކައި ލީސްކުރެވޭ މުއްދަތު މިގޮތަށް ލީސް ކުރެވޭއިރު އިތުރެއް ނުކުރެވެއެވެ.